English Edition
Dhivehi Edition

ފުވައްމުލަކު ސިޓީ ދަނޑިމަގު އަވަށުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި 6 މީހަކަށް އަނިޔާވެ ޏ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި އެކްސިޑެންޓްގައި ހިނގާފައިވަނީ މިރޭ 8:23 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. އެކްސިޑެންޓް ހިނގީ ދުއްވާފައިދިޔަ ކާރެއް ރުކެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި 6 މީހުންނަށް ވަނީ އެކިވަރުގެ ހާނިކަ ވެފައެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލާ ހަވާލާ ދެއްވައި ފުލުހުން ވިދާޅުވެފައިވެއެވެ.