English Edition
Dhivehi Edition

މަޖީދިއްޔާ ސުކޫލުގައި ގިނަ ދުވަސްވީ އިންޑިއާގެ ހިސާބު ޓީޗަރަކު އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ބުނެ އެ ޓީީޗަރު ސަސްޕެންޑް ކުރުމާ ގުޅިގެން އެ ސްކޫލުގެ މުދައްރިސުން މަސައްކަތް ހުއްޓާލާ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އެ ސްކޫލުގެ ހެނދުނު ސެޝަން ފެށުނު ގޮތަށް އެއްވެސް ޓީޗަރަކު ކްލާސް ރޫމްތަކަށް ގޮސްފައިނުވާއިރު ހުރިހާ ޓީޗަރުން ސްޓާފު ރޫމުގައި މަޑުކޮށްގެން އެބަތިބި ކަމަށް ސްކޫލުގެ މުދައްރިސަކު މައުލޫމާތު ދެއްވައެވެ

މަޖީދިއްޔާ ސުކޫލުގައި ގިނަ ދުވަސްވީ އިންޑިއާގެ ހިސާބު ޓީޗަރަކު އެ ސުކޫލޫގެ ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ބުނެ އިއްޔަ ސަސްޕެންޑް ކޮށްފައިވާއިރު މަޖީދިއްޔާގެ ގިނަ ޓީޗަރުންނާއި މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު އިހުތިޖާޖު ކުރަމުން ގެންދަނީ ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ބުނެއެވެ.

ޓީޗަރު ދަރިވަރުގެ ކަރުގައި ހިފި ކަމަށް ބުނި ނަމަވެސް މަންޒަރުދުއް މީހުން ބުނާ ގޮތުގައި ޓީޗަރު މަސައްކަތް ކުރީ ދަރިވަރު ހަމަލާ ދިނުމުން އަމިއްލަ ދިފާޢުގައެވެ. ދަރިވަރު ވަނީ ޓީޗަރަށް މަރުގެ އިންޒާރުދީ ޓީޗަރަށް ހަމަލާ ދޭން ވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެހެން ޓީޗަރުން ވަނީ އެދަރިވަރު ހުއްޓުވާފައެވެ.

“ޓީޗަރު ކިޔަވައިދޭން ހުއްޓާ އޭނަ ގޮސް ކްލާހަށް ވަދެ އެ ކްލާސް ކުދިންނަށް އުނދަގޫކޮށް ހަދަން ފެށީމަ އޭނަ ނެރެން އުޅުނީމަ ޓީޗަރަށް ހަމަލާދިނީ. ދެން ޓީޗަރު އެ ދަރިވަރު މައިތިރި ކުރަން އުޅުމުގެ ތެރޭގައި އެ ބުނާ ކަމެއް ހިނގިއޭ ކިޔަނީ. އެ ކުއްޖާއަކ އަހުލާގު ގޯސް މާރާމާރީގެ ރެކޯޑު އޮތް ކުއްޖެއް،” މަޖީދިއްޔާ ސުކޫލުގެ ޓީޗަރަކު ވަނީ ބުނެފައެވެ.

އެ ޓީޗަރު ބުނި ގޮތުގައި ރާއްޖޭގައި 12 ވަރަކަށް އަހަރު ހޭދަކޮށްފައިވާ އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރަކީ މަޖީދިއްޔާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައިވާ ޓީޗަރަކެވެ. އަދި މީގެ ކުރިން އެފަދަ އެއްވެސް ޝަކުވާ އެ ޓީޗަރާ ބެހޭ ގޮތުން އުފުލާފައެއް ވެސް ނުވެއެވެ.

.