English Edition
Dhivehi Edition

ލިޔުނީ:މުހައްމަދު ހިޒްޔަމް ކޮންމެ ކަހަލަ މުބާރާތެއް ނިމުމުންވެސް ފެންނަމުންދާ މަންޒަރަކީ ބައެއް ކުދިން ދެރަވެ، ބައެއް ކުދިން އުފާވާ މަންޒަރެވެ.މިއީ ސްކޫލުތަކުގައި ބާއްވާ ކުޅިވަރު މުބާރާތުން ފެށިގެން އަދަބީ މުބާރާތްތަކުގައިވެސް އެންމެ ގިނައިން ފެންނަމުންދާ އެއް މަންޒަރުކަން ޔަގީނެވެ. އުފާ ކުރާ ކުދިން އުފާ ކުރަނީ އެކުދިންނަށް އެ މުބާރާތަކުން ލިބުނު ކާމިޔާބގެ ސަބަބުންނެވެ. ދެރަވާ ކުދިން ދެރަވަނީ ބުރަ މަސައްކަތްކުރުމަށްފަހުވެސް އެ ލިބިގެންދާ ނާކާމިޔާބީގެ ސަބަބުންނެވެ. ކުޅިވަރު މުބާރާތްތަކަށް ބަލާލާއިރު މަދުފަހަރަކު ނަމަވެސް،ރަނގަޅު ރޫހަކާއި އެކު ހުރިހާ ޓީމްތައް އެއް ޓީމް އަނެއް ޓީމަށް ހިތްވަރު ދޭ މަންޒަރު ފެނިގެންދެއެވެ. މިފަދަ މަންޒަރުތަކަކީ ކުދިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެކެވެ. ނަމަވެސް އާންމުކޮށް ފެންނަނީ މި ރޫހާ ޚިލާފުވާ ތަނެވެ. މި ފަދަ މުބާރާތްތަށް ނިމިގެން ދާއިރު ފެންނަމުންދަނީ ކަންބޮޑުވާންޖެހޭ ފަދަ މަންޒަރުތަކެވެ. ގިނަ ފަހަރު މުބާރާތްތަކުން ފެނިގެންދާ މަންޒަރަކީ ބަލިވާ ކުދިންނާ ދިމާކޮށް އެކުދިންނަށް ހަނގާ ކުރާ މަންޒަރެވެ.އެކުދިންގެ ހިތްމަރާލާ އެކުދިންނަށް ދެން އިތުރަށް އެފަދަ ކަމަކާއި ކުރިމަތިލާން ނުކެރޭވަރަށް މަލާމަތްކޮށް އެއްޗެހި ގޮވާ މަންޒަރެވެ. ކުދިންނާއި ދިމާކޮށް ފާޑުފާޑުގެ ނަންކިޔާ ބަލިވި ކަމުގެ ޒިންމާ ބޮލުގައި އަޅުވާތަން ފެނިގެންދެއެވެ. މުބާރާތްތައް ނިމުމުންވެސް އެއްކުއްޖަކު އަނެއްކުއްޖަކާ އަޅުވާ ކިޔާ މަންޒަރަކީ މިހާރުވެސް ފެންނަމުންދާ ވަރަށް އާންމު މަންޒަރެކެވެ މުބާރާތަކުން މޮޅުވާ ކުދިން މޮޅުވަނީ އެކުދިންގެ ޓީމް ވޯކާއި އެކު ކުރާ ހިތްވަރުގެ ސަބަބުންނެވެ.ހަމަ މިއާއި އެކު ބަލިވާ ޓީމުތައް ބަލިވެގެން ދަނީ އެކުދިންގެ ފެންވަރު ދަށްވުމުގެ ސަބަބުން ނޫންކަން ގަބޫލުކުރަންޖެހެއެވެ.ކޮންމެ ކުއްޖަކީވެސް ކޮންވެސް އެއް ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. ކުޅިވަރު ކުޅުމަށް ދެރަކުދިން އެހެން ކޮންމެވެސް ހަރަކާތަކަށް މޮޅުވެދާނެ ކަން ގަބޫލުކުރަންޖެހެއެވެ. ކުޅިވަރުގައި މޮޅުވާނީ ކޮންމެވެސް އެއްބައެއް ކަމާއި، ބަލިވިޔަސް ހިތްވަރު ބަލިކޮށް ނުލުމަށް ކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. އެކުދިންނާ އެ ކުރިމަތިވި ނާކާމިޔާބީ އަކީ ދެންފުރުސަތެއްގައި ވަރުގަދަ އަޒުމަކާއި އެކު ކުރިމަތި ލާން ލިބޭ ހިތްވަރަކަށް ހެދުމަށް މަސައްކަތްކުރަންޖެހެއެވެ. މުބާރާތްތަކުގައި މޮޅުވާ ކުދިން ބަލިވާ ކުދިންނަށް ފުރައްސާރަކޮށް މަލާމާތްކުރުމުގެ ބަދަލުގައި ހިތްވަރުދޭން ޖެހެއެވެ. އަންނަ އޮށް ޖީލުގެ ޒުވާނުންނެވެ. އެކަކު އަނެކަކާ ދިމާކޮށް ފުރައްސާރަ ނުކުރުމަށް އަންގަވައި މާތް ﷲ ގުރުއާނުގައި ވަހީ ކުރައްވާފައިވެއެވެ. ” އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުން އެކަކު އަނެކަކާ ފުރައްސާރަ ނުކުރާ ހުށިކަމެވެ. އެހެނީ އެ ފުރައްސާރަ ކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުން އަމިއްލަ ނަފުސުތަކަށް ޢީބަ ނުކިޔާށެވެ. (އެބަހީ: އެކަކު އަނެކަކަށް ޢީބަ ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަގަބު ތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިގުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. (49:11)” މިއިންވެސް ދޭހަވަނީ އިސްލާމްދީން ހަނގާނުކުރުމަށާއި ފުރައްސާރަ ނުކުރުމަށް ބާރު އަޅާ މިންވަރެވެ. މީގެ އިތުރުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދު ރަސޫލު ﷲ ސައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެން އެހެން މީހުންނަށް އިހްތިރާމް ކުރުމަށް ވަޞީޢަށް ކުރައްވާފައި ވެއެވެ. އެކަލާގެފާނުގެ ހަދީޘެއްގައި އައިސްފައި ވެއެވެ. ” އެއްމުސްލިމަކީ އަނެއްމުސްލިމެއްގެ އަޚެކެވެ. އޭނަގެ އަޚާއަށް އޭނަ އަނިޔާއެއް ނުކުރާނެއެވެ. އަދި އަނިޔާ ވާން ދޫކޮށެއް ނުލާނެއެވެ. އަދި އޭނާ ނިކަމެތިކޮށް ނުލާނެއެވެ. ” ކީރިތި ޤުރުޢާނާއި ރަސޫލާގެ ބަސްފުޅުގައި ހިފައިފި ކޮންމެ ކުއްޖަކީ ދެ ދުނިޔޭގައިވެސް ކާމިޔާބު ލިބިގެންވާ މީހެކެވެ. ކޮންމެ ކަމެއްގައިވެސް އަނެކާއަށް އެހީތެރިކަން ފޯރުކޮށްދީ އަނިޔާވެރިކަން ފަސްކޮށް، ކުލުނުވެރިކަން އިސްކުރާށެވެ. އަދި މެދުވެރިވާ ގޮތާއި މެދު ހަމްދުކުރާށެވެ ހަގީގީ މޮޅުކަމަކީ ލިބޭ ރަމްޒީ އެއްޗަކަށްވުރެ ބޮޑަށް ތިމާ އަށް ދަސްވާ އާ ކަންތަކާއި، ތިމާގެ ކިބައިގައިވާ ރީތި އަހުލާގުކަން ޝައްކެތްނެތެވެ. އެކުވެރިންނޭވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވާން ދަސްކުރާށެވެ. އެންމެންނާއި އެކީ ގުޅިގެން މަސައްކަތް ކުރާށެވެ. އެއިރުން އޮތީ އެންމެނަށްވަސް ކާމިޔާބީ އެވެ.