English Edition
Dhivehi Edition
Tourists pull their luggage along a pathway in Male on February 11, 2012. A top US diplomat arrived in the Maldives on February 11 seeking to help resolve a deepening political crisis sparked by the ousting of the Indian Ocean nation's first democratically elected president. AFP PHOTO/Ishara S. KODIKARA

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރު މާޗް މަހަށްވުރެން ބޮޑުތަނުން އިތުރުވެއްޖެއެވެ.

މިއަހަރުގެ މާޗު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 133،466 އެވެ. މިދިޔަ އަހަރުގެ މާޗު މަހު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދަކީ 112،665 އެވެ.

ފަތުރުވެރިން އެންމެ ބޮޑަށް އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ ޔޫރަޕުންނެވެ. މާޗު މަހު އައި ފަތުރުވެރިންގެ އަދަދަކީ 82،383 އެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅަ ބަލާއިރު 33 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ 61،927 އެވެ. އިނގިރޭސިވިލާތުން ރާއްޖެ އައިސްފައި ވަނީ 11829 މީހުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެގައުމުން ރާއްޖެ އައީ 10063 މީހުންނެވެ. މިއީ 17.5 ޕަސެންޓް އިތުރުވުމެކެވެ.

މާޗު މަހު ފަތުރުވެރިން އެންމެ ގިނައިން އައީ ޖަރުމަނުންނެވެ. ޖަރުމަނުން 14،692 ފަތުރުވެރިން ރާއްޖެ އައި އިރު، މިދިޔަ އަހަރުގެ މާޗު މަހާ އަޅަ ބަލާއިރު އެއަދަދު ވަނީ 43.8 ޕަސަންޓު އިތުރުވެފައެވެ. ދެވަނައަށް އެންމެ ގިނައިން އައީ ޗައިނާ ފަތުރުވެރިންނެވެ. އެއީ 13،203 ފަތުރުވެރިންނެވެ. ނަމަވެސް ޗައިނާ މާކެޓު ވަނީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 27 ޕަސަންޓު ދަށްވެފައެވެ.

30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމުން ގިނަ ބަޔަކު ހީކުރަމުން ދިޔައީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުން ދާނެ ކަމަށެވެ.

ނަމަވެސް ޓޫރިސްޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 18.5 ޕަސެންޓަށް އިތުރުވެފައެވެ.