ކޯސްޓާރިކާގެ ލަވަކިޔުންތެރިޔާ ލުއިސް ފޮންސީ އާއި ޕުއޭޓޯރިކޯގެ ރެޕަރު ޑެޑީ ޔަންކީ ކިޔާފައިވާ ޑެސްޕަސީޓޯ ޔޫޓިއުބުން މިހާރު އަނެއްކާވެސް ބެލޭ ގޮތް ހަދާފިއެވެ
ޔޫޓިއުބުގައި ފަސް ބިލިއަން ވިއުސް ހޯދާފައިވާ މި ލަވަ ހެކްކޮށް ލަވަ ޔޫޓިއުބުން ދުއްވާލާފައިވާއިރު، ލަވަ ހެކްކުރި ފަރާތުން ވަނީ ޔޫޓިއުބުގައި އެ ލަވައިގެ ކަވާ ފޮޓޯއަކަށް މޫނު ފޮރުވައިގެން ބަނޑިތަކެއް ހިފައިގެން ތިބި ބައެއްގެ ފޮޓޯއެއް ލަވާފަ އެވެ
މިދިޔަ އަހަރު ޔޫޓިއުބުގައި އެންމެ ގިނަ ވިއުސް ލިބުނު މިއުޒިކު ވީޑިއޯ ޑެސްޕަސީޓޯ ޔޫޓިއުބުން ދުއްވާލުމާއި ގުޅިގެން ސޯޝަލްމީޑިއާ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު މި ލަވައާއި އެކު އެހެން ލަވަތަކެއްވެސް ވަނީ ޔޫޓިއުބުން ދުއްވާލާފައެވެ. މިއުޒިކު ހޮސްޓުކުރުމުގެ ހިދުމަތްދޭ “ވީވޯ” ގެ ދަށުން ހިންގާ ގިނަ ލަވަކިޔުންތެރިންތަކެއްގެ ލަވަތައްވެސް ހެކްކޮށްފައިވާއިރު އޭގެ ތެރޭގައި ޝަކީރާ، ސެލީނާ ގޯމޭޒް، އަދި ޓެއިލާ ސުވިފްޓުފަދަ ލަވަކިޔުންތެރިންގެ ލަވަތައް ހިމެނެ އެވެ
ލަވަތައް ހެކުކުރީ “ޕްރޯސޯކް” އަދި “ކުރޯއިޝް” ކިޔާ ބަޔަކުވަނީ ހެކްކުރި ލަވަތަކުގައި އެމީހުން އަމިއްލަ މެސެޖުތައް ލިޔެފައެވެ. މި ގޮތުން އެ މެސެޖުތަކުގައި ފަލަސްތީނު މިނިވަންކުރުމަށް ވަނީ ގޮވާލާފައެވެ
ޑެސްޕަސީޓޯ އަށްވަނީ މިދިޔަ އަހަރު ލެޓިން ގްރޭމީ އެވޯޑްސް ގައި އަހަރުގެ އެންމެ މޮޅު ލަވައިގެ އެވޯޑާއި ރެކޯޑް އޮފް ދި އިޔާގެ އެވޯޑުވެސް ލިބިފައިވެ އެވެ