އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގައި ދިވެހި ރާއްޖޭގެ ނިއުރޭޑިއަންޓާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލު ކުރި މެޗު އިތުރު ވަގުތު ކާމިޔާބު ކުރި ލަނޑުން މޮޅުވެ ބެންގަލޫރު ގުރޫޕްގެ އެއްވަނައަށް ޖެހި ލައިފިއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ރޭ އިންޑިގައި ނިއު އާއި ބެންގަލޫރު ބައްދަލު ކުރި މެޗުން ނިއު ބަލިވެފައިވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
މެޗުން ހޯދި މޮޅާއެކު ބެންގަލޫރޫ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކީ ތާވަލުގެ އެއް ވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ނިއު އަށް ލިބިފައިވަނީ ތިން މެޗުން ހަ ޕޮއިންޓެވެ.އަދި މި ގްރޫޕުގައި ދެން އޮތް އިންޑިއާގެ އައިޒޯލް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް ކުޅުނު ދެ މެޗުން އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރޭގެ މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ފުރަތަމަ ހާފްގެ ކުރީ ކޮޅު ނިއުއިން ވަނީ ބެންގަލޫރުގެ ދަނޑުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ބެންގަލޫރުއިން ވަނީ ފުރަތަމަ ހާފްގެ ފަހުކޮޅު ކުޅުން ރަނގަޅު ކޮށް ނިއުގެ ގޯލާއި އަމާޒުކޮށް ހަމަލާތައް ފޮނުވާލަން މަސައްކަތް ކޮށްފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ރަނގަޅު އެޓޭކްތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ވެސް ނިއުއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށް ވީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެޕްޓަން ސުނިލް ޗެތުރީ ދިން ބޯޅައަކުން ނިޝޫ ކުމާރު ބެންގަލޫރު މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބުކޮށްދިނުމެވެ.