އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި އިންޑިއާގެ އައި ލީގުގައި ކުޅޭ ގަދަބާރު ބެންގަލޫރު އެފްސީ މާލޭގައި ދިވެހި ރާއްޖޭގެ ޓީސީ ސްޕޯޓްސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުން ޓީސީ ބަލިވެފައިވަނީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.މިނަތީޖާ އާއި އެކު ޓީސީއަށް ވަނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހިފައެވެ.
ޓީސީ އަށް ގްރޫޕް ސްޓޭޖުން ޖާގެއް ލިބޭނީ އަންނަ އަންގާރަ ދުވަހު ބެންގަލޫރުގައި ކުޅޭ ދެ ވަނަ ލެގުން ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ. އެއްވަރުވިޔަސް ނުވަތަ އެއް ލަނޑުގެ ތަފާތަކުން ޓީސީ މޮޅުވިޔަސް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނީ ބެންގަލޫރަށެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ބެންގަލޫރުން ދެ ލަނޑު ޖަހާފައިވަނިކޮށް ޓީސީން ފަހަތުން އަރައި އެއްވަރުކުރި ނަމަވެސް ބެންގަލޫރުން ވަނީ އަލުން ކުރި ހޯދައި މޮޅެއް ހޯދައިފަ އެވެ.
ރޭގެ މެޗުގައި ޓީސީން ކާމިޔާބު ކުރި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ހަބޭސް އިއްބެ ކާމިޔާބުކޮށްދީފައިވާއިރު އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެނަޓޯނީއެވެ.