English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް ހާމިދު ޝަމްސުއްދީން ސްކޫލް ” އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ” 11 އަހަރުން ދަށުގެ ފުރަތަމަ މެޗް، ނިޝާރު ނަސީރުގެ މޮޅު ކުޅުމާއި އެކު، 19 / 0 ގެ ނަތީޖާ އަކުން ގްރީން ހައުސް ކާމިޔާބު ކޮށްފިއެވެ. މި މެޗްގައި ގްރީން ހައުސް ވާދަ ކުރީ ޕާރޕްލް ހައުސް އާއި އެވެ. މީދޫ ފުޓްބޯލް ސްޓޭޑިއަމް ގައި މިއަދު ހެނދުނު ކުޅުނު މި މެޗުގައި ގްރީން ހައުސްގެ ފަރާތުން ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވާފައިވަނީ ގްރީން ހައުސްގެ ނިޝާރު ނަސީރެވެ. މިއަދު ހެނދުނު ދެން ކުޅުނު 11 އަހަރުން ދަށުގެ ދެވަނަ މެޗް ކާމިޔާބް ކުރީ އޮރެންޖް ހައުސް އިނެވެ. މި މެޗްގައި މި ޓީމް ވާދަ ކުރީ ރެޑް ހައުސް އާއެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަަކީ 3 / 0 ކެވެ. މި މުބާރާތުގައި ވާދަކުރި 13 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި ރެޑް ހައުސް އާއި ވާދަކޮށް އޮރެންޖް ހައުސް އިން ވަނީ މެޗް ކާމިޔާބު ކޮށްފައެވެ. އޮރެންޖް ހައުސް މި މެޗް ކާމިޔާބު ކުރީ 4 / 3 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި އޮރެންޖް ހައުސްގެ 2 ގޯލް ޖަހައިދިނީ އެ ހައުސްގެ ކެޕްޓަން ލިވާޒް ނޫމާން އެވެ. ދެން އޮތް ދެ ގޯލް ޖަހައިދިނީ އެ ހައުސްގެ ރައްޔާން މައުސޫމް އެވެ. 13 އަހަރުން ދަށުގެ ދެވަނަ މެޗް ޕާރޕްލް ހައުސް އާއި ވާދަކޮށް ގްރީން ހައުސް ކާމިޔާބު ކުރީ 2 / 1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 2 ލަނޑުވެސް ގްރީން ހައުސް އަށް ޖަހައިދިނީ ގްރީން ހައުސްގެ މުހައްމަދު މާއިސް އެވެ. ޕާރޕްލް ހައުސް އަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ގޯލް އެ ހައުސް އަށް ކާމިޔާބު ކޮށްދިނީ އެ ހައުސްގެ ހާމް ހަސީބް އެވެ. މިއަދުގެ މެޗް ޝަރަފުވެރި ކޮށްދީފައިވަނީ ފެނަކަ މީދޫ ބްރާންޗްގެ އިސް ބޭފުޅެއް ކަމަށްވާ ސ.މީދޫ / ޝީޝާ، އަޝްރަފް އެވެ. މި މުބާރާތުގައި މިއަދު ހަވީރު ވާދަ ކުރާނީ 11 އަހަރުން ދަށުގެ އުމުރުފުރާއިން ރެޑް ހައުސް އާއި ގްރީން ހައުސް – 11 އަހަރުން ދަށުގެ 2 ވަނަ މެޗުގައި، ޕާރޕްލް ހައުސް އާއި އޮރެންޖް ހައުސް، 13 އަހަރުން ދަށުގެ އުމުރުފުރާއިން، އޮރެންޖް ހައުސް އާއި ޕާރޕްލް ހައުސް، އަދި ދެވަނަ މެޗުގައި ގްރީން ހައުސް އާއި ރެޑް ހައުސް އެވެ. މި މެޗްތައް ކުރިއަށް ގެންދާނީ ހަވީރު 4:00 އިން ފެށިގެން މީދޫ ސްޓޭޑިއަމް ގައެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ޖުލައި 14 އިން 15 ޖުލައިގެ ނިޔަލަށެވެ.