English Edition
Dhivehi Edition

ދ. އަތޮޅު ވާނީގައި ކުރިއަށްދިޔަ ފުލުހުންގެ ބޭސިކް ޓްރެއިނިންގެ ތެރެއިން ބަލިވެގެން މާލެ ގެންނަނިކޮށް ނިޔާވި ފުލުސް މީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ރޭ 11:48 ހާއިރު ނިޔާވެފައިވާ ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަޙުމަދު ވިފާޤްގެ ހަށިގަނޑު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ.

ޕޮލިސް ބޭސިކް ޓްރެއިނިންގ ހަދަމުން ދަނިކޮށް ބަލިވެގެން މާލެ ގެންނަނިކޮށް ދަތުރުމަތީގައި ނިޔާވި އެ ފުލުސް މީހާގެ ހަށިގަނޑު މާލެ ގެނައި ވަގުތު، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ އިތުރުން ފުލުހުންގެ އިސްވެރިން ވަނީ ތިން ނަމްބަރު ފާލަން ސަރަޙައްދަށް ވަޑައިގެންފައެވެ. އަދި އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިއުމުން ހޯމް މިނިސްޓަރ އަޒްލީންވެސް ވަނީ އައިޖީއެމްއެޗްއަށް ވަޑައިގެންފައެވެ.

ވިފާޤުގެ ހަށިގަނޑު މާލެއަށް ގެނެސްފައިވާއިރު، އޭނާގެ އާއިލާ މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.