English Edition
Dhivehi Edition

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާނު ގެއްލުނު މައްސަލައިގެ މިއަދަށް ތާވަލުކުރި ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރުފަހު 3:00 އަށް ތާވަލްކުރި މި އަޑުއެހުން ކެންސަލްވީ މައްސަލާގައި ހާޒިރުކުރަން ބޭނުންވާ ބައެއް ހެކިން ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.

މި މައްސަލާގައި ދައުލަތުން 29 ހެކިން ހުށައަޅާފައިވާއިރު ދައުވާ ލިބޭ މީހުންގެ ފަރާތުންވަނީ ފަސް ހެކިން ހުށައަޅާފައެވެ. މީގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް މިހާރުވަނީ ނަގާފައެވެ.

މި މައްސަލާގައި ޖުމްލަ ތިން މީހެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެއެވެ. އެއީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުވައިދެވެ.

މީގެ ތެރެއިން ސުވައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމުގައި ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.

ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރު އޮގަސްޓު މަހުގައެވެ.