English Edition
Dhivehi Edition

ސެރަމިކް ލޭންޑް ފިހާރައިން “އެންމެ ސަޅި” ރޯދަސޭލްގެ ނަމުގައި ބޮޑުސޭލްއެއް ފަށައިފި އެވެ.

ސެރަމިކް ލޭންޑް ފިހާރަ އަކީ 2015 ވަނަ އަހަރު މަރަދޫފޭދޫ ގައި ހުޅުވައި ކާމިޔާބު ކަމާއެކީ ހިންގަމުން އަންނަ ފިހާރައެކެވެ. ސެރަމިކް ލޭންޑްއިން ލިބެން ހުންނަ މުދާތަކުގެ ތެރޭގައި ގެއަށްބޭނުންވާ ސާމާން، ބަދިގެއަށް ބޭނުން ވާސާމާން، ފަރުނީޗަރު، ތަށިމުށި އަދި ފާހާނާއަށް ބޭނުން ވާސާމާނުގެ އިތުރަށް ބޮކިފަދަ ތަކެތި ވެސް ހިމެނެއެވެ.

ސެރަމިކް ލޭންޑް ފިހާރައިގެ ވެރިފަރާތް ކަމަށްވާ މުހައިމިން ޝަމީން “އޭއޯ ނިއުސް” އަށް މައުލޫ މާތު ދެއްވަމުން ވިދާޅުވީ އެ ފިހާރައިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެކި ނަންނަމުގައި “ރޯދަ ސޭލް” ހިންގަމުން ދާކަމަށެވެ. އަދި މިއަހަރުގެ ސޭލްގައި ކަސްޓަމަރުން ނަށް %25-10 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެކަމަށެވެ.

މިފަހަރުގެ ސޭލް ކުރިޔަށް ގެންދަނީ “އެންމެ ސަޅި ރޯދަސޭލް” ގެނަމުގައި ކަމަށް ޝަމީން ވިދާޅުވިއެވެ. ޝަމީން އިތުރަށް ވިދާޅުވީ މި ސޭލްގައި ވެސް ކުރިޔެކޭ އެއްގޮތަށް ކަސްޓަމަރުން ކުރާ ކޮންމެ 1000ރ ގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެކަމަށެވެ. ގުރުއަތުން ހޮވޭ 3 ފަރާތަކަށް މިފަހަރު ހުށަހެޅިފައިވާ އިނާމުތަކުގެ ތެރޭގައި އެއްވަނައަށް ހޮވޭފަރާތަކަށް ޖީޕާސްބުރޭންޑްގެ އައިސް އަލަމާރި އެއް ހުށަހެޅިފައި ވާއިރު ދެވަނައަށް ސަންފޯރޑް ބްރޭންޑްގެ އުނދުނެއް ހުށަހެޅިފައި ވެއެވެ . އަދި ތިންވަނަ އަށް ހޮވޭފަރާތަކަށް ސަންފޯރޑް ބްރޭންޑްގެ ޖޫސް ގްރިންޑަރ އެއްހުށަހެޅިފައި ވާކަމަށް ވެސް ޝަމީން ވިދާޅިވިއެވެ.

ސެރަމިކް ލޭންޑް ފިހާރައިން ކުރިޔަށް ގެންދާ މިފަހަރުގެ ސޭލް ގައި ވެސް ކުރީ އަހަރު ތަކާއެއްގޮތަށް ގިނަ ބައެއްގެ ތަރުހީބެއް ލިބެމުން އަންނަކަންވަރަށް ފާހަނގަ ކުރެވޭ ކަމަށް ޝަމީން ވިދާޅުވިއެވެ.

އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން މޭއި 15 އާއި ހަމައަށް ކުރިިޔަށް ގެންދާ މިސޭލް ނިންމާލާނީ ގުރުއަތު ނެގުމާއި އިނާމްދިނުމުގެ ހަފްލާއިން ކަމަށް ޝަމީން ވިދާޅުވިއެވެ.

އައްޑޫގެ އިތުރުން މުޅިރާއްޖޭގެ ހުރިހައި ރަށް ތަކުގައި ކޮންމެ އަހަރަކު ރޯދައާއި ދިމާކޮށް ވިޔާފާރިވެރިން ސޭލްތައް ބާއްވަމުން ގެންދެއެވެ. މިގޮތުން ވެރިރަށް މާލޭގައި ވެސް “އުނގުޅޭ ބާޒާރު” ގެ ނަމުގައި ކޮންމެ އަހަރަކު ސޭލްއެއް ބާއްވައެވެ.