English Edition
Dhivehi Edition

ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފިއެވެ

އެޕްރީލް 2ވަނަ ދުވަހު އާއްމު ފަރާތަކުން ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި 18 އަހަރުން ދަށުގެ ކުއްޖާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓު މިކުއްޖާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުއެވެ

މި ކުއްޖާ ހައްޔަރު ކުރުމަށްފަހު ބަންދާއިބެހޭ ގޮތުން ގޮތެއް ނިންމުމަށް ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއްވަނީ ދީފައިވާ ކަމަށް ވެއެވެ

މިމައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ