English Edition
Dhivehi Edition

ފުލުހުންނަށް ލިބުނު ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހަކު ނޭޕާލަށް ފުރައިފިއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ 31 ވަނަ އޭޝިޔާ ޓީޗިންގ ސެޝަން އޮން އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ ގައި ބައިވެރިވުމަށް ނޭޕާލަށް ފުރާފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ މަޢުރޫފްއެވެ. ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ މަޢުރޫފް ނޭޕާލަށް ފުރާފައިވަނީ މިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ.

މި އޭޕްރީލް މަހުގެ 1 ން 7 އަށް ނޭޕާލް ކަތަމަންޑޫގައި ކުރިއަށްދާ މި ޕްރޮގްރާމަކީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކަމާގުޅުންހުރި ދާއިރާތަކަށް މަޝްވަރާކޮށް މަޢުލޫމާތު ބަދަލުކުރުމަށް ހަމަޖެހިފަވެއެވެ.