English Edition
Dhivehi Edition

ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަކްރަމް އަބްދުލްވައްހާބުގެ ފޯނު ހިފަހައަޓައިފިއެވެ.

އަކްރަމަކީ ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުއާއި އާއިލީ ގުޅުން އޮންނަ ފުލުހެކެވެ.

އެނގިފައިވާ ގޮތުގައި އަކުރަމުގެ ފޯނު ހިފަހައްޓާފައިވަނީ ދޫނިދޫގައި ބަންދުކޮށްފައި ތިބި ގައިދީން ތަކެއް މިނިވަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
އަކްރަމް އަބްދުލް ވައްހާބުގެ ފޯނު ހިފަހައްޓާފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ހަބަރު ލިބެއެވެ.

އަކްރަމުގެ ފޯނު ހިފަހައްޓާފައިވާ އިރު ސްޕްރީމް ކޯޓުން ފެބުރުއަރީ އެކެއްގައި ނެރުނު އަމުރާއި ގުޅިގެން ހިނގާ ދިޔަ ބައެއް ކަންތައްތަކުގައި ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެސްއޯ ފުލުހުންތަކެއް ހައްޔަރުކޮށް މިހާރު އެމީހުންވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.