ކިތަންމެ ހިތްހަމަ ނުޖެހުނަސް ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމު ކުރެވޭނެ ކަމަށާއި ގާނޫނު އަސާސީ މި ސަރުކާރުން ނަގަހައްޓާނެކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ
އިދިކޮޅު ބައެއް ފަރާތްތަކުން ބޭރުގެ ގައުމުތަކުގެ އެހީ ހޯދައިގެން ރާއްޖޭގެ ކަންކަން ހަމައަކަށް އަޅުވާނެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ‘ސަން’ އަށް ވިދާޅުވީ، ގައުމުގެ ސައިޒަކީ ލިބެންޖެހޭ ހައްގުތައް ލިބުމަށް އޮތް ހުރަހެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދައްކަމުންދާ ވާހަކަ ތަކެއް ކަމަށެވެ
މީގެ އިތުރުން މުބީން ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބާރުތަކުން ގައުމު ތަކާ މެދު ހިތުހުރިހާ ގޮތަކަށް ކަންކުރާތަން ބަލަން އދ އޮތުމަކީ އެހެން ގައުމުތަކުގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ރާއްޖޭގެ ގާނޫނު ތަކުގެ ތެރެއިން ކުށްވެރިންތަކަކާ މެދު ފިޔަވަޅު އެޅުމުން އެކަމާ ދެކޮޅަށް ތަފާތު މަސައްކަތްތައް ކުރުމަކީ ބައިނަލްއަގުވަމީ ޖަމާއަތްތަކުގެ އިހްލާސްތެރިކަން ނެތުން ކަމަށް މުބީން ވަނީ ވިދާޅުވެފައެވެ