English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ކުރިން ދެއްކި މަގްބޫލު ޑްރާމާ ސިލްސިލާ “ސާތު ނިބާނާ ސާތިޔާ”ގެ ބަތަލާ ލަވްލީން ކޯ ސަސަން (ޕަރީދީ) އެންގޭޖް ކޮށްފި އެވެ

ލަވްލީން އާއި ލޯބިވެރިޔާ ކޯޝަކް ކްރިޝްނަމާތީގެ އެންގޭޖްމެންޓް ހަފްލާ ބާއްވާފައިވަނީ 9 މާރިޗްގައި ބެންގަލޫރުގައެވެ. ސައުތު އިންޑިއަން ސްޓައިލަށް ކުރިއަށް ދިޔަ މި އެންގޭޖްމެންޓް ހަފްލާގެ ފޮޓޯތައް ލަވްލީން ވަނީ އޭނާގެ އިންސްޓަރގްރާމް ގައި ހިއްސާކޮށްފައެވެ

ލަވްލީންގެ ލޯބިވެރިޔާ ކޯޝަކް ކްރިޝްނަމާތީއަކީ ސައުތު އިންޑިއާއަށް ނިސްބަތްވާ މީހަކަށްވާއިރު ލަވްލީން އަކީ ޕަންޖާބްއަށް ނިސްބަތްވާ މީހެކެވެ. މި ދެތަރިންގެ ކައިވެނި މި އަހަރު ފަހުކޮޅު ކުލަގަދަކޮށް ބޭއްވުމަށް ނިންމާފައިވާއިރު މި ކައިވެނީގެ ހަފްލާ ކުރިއަށް ގެންދާނީ ކޮން ސްޓައިލަކަށް ކަން އަދި ހާމަކޮށްފައެއް ނުވެއެވެ

ލަވްލީން ކުޅެފައިވާ ޑްރާމާތަކުގެ ތެރޭގައި ބަޅޭ އައްޗޭ ލަގްތީހޭ، ކިތްނީ މުހާބަތްހޭ 2، ގެ އިތުރުން ކިޔާ ހުވާ ތޭރަވާދާ ހިމެނެއެވެ