English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން - ފޮޓޯ: މަޖިލިސް

މާލޭގެ ކުލީގެ މައްސަލަަ ހައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުަޑަކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީހުސެއިން ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ މާލޭގެ ކުލީގެ މައްސަލަ ހައްލުވާނީ ގެދޮރަށް އޮތް ޑިމާންޑު ދަށްވާނޭ ގޮތް ހެދުމުން ކަމަށާއި މާލެއަށް ތޮއްޖެހުންއިތުުރުވާންޕްރޮޖެކްޓް ތައް އެހެން ސަރަހައްދަކަށް ގެންދިޔުމުން ކަމަށެވެ. އަދި މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.


މާލޭގެ ކުލީގެ މައްސަލައިގެ ވާހަކަތައް ސިޔާސީ ބޭފުޅުން ދައްކަވަމުން ގެންދާ މި ދަނޑިވަޅުގައި އަލީ ހުސެއިން ވިދާޅުވީ މާލޭ ކުލި ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ފަރާތުން ހުށައަޅާ ޕެޓިޝަން އުފަލާއެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާނެ ކަމަށެވެ.

ކުލީގެ މައްސަލައިގެ ވާހަކަތައް ހޫނުވެފައި މިވަނީ ޖެނުއަރީ މަހުން ފެށިގެން ޢަމަލު ކުރުމަށް ތައްޔާރުވަމުންދާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ސަބަބުން ބައެއް އަމިއްލަ ފަރާތްތަކުން ކުއްޔަށްދީފައިވާ ތަންތަނުގެ ކުލި ބޮޑުކުރުމަށް އުޅޭކަމުގެ ވާހަކަތައް މީސްމީޑިޔާގައި އާންމު ވުމާއި ގުޅިގެންނެވެ.