English Edition
Dhivehi Edition

ފުލުހުންގެ ޔުނީފޯމްގައި ތިބި ބަޔަކު ފުލުހުންގެ އިސްވެރިންނަށް އިންޒާރުދޭ ވީޑިއޯއެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ދިވެހި ޤައުމީ ފުލުހުންގެ ނަމުގައި، ޔޫޓުއުބްގައި މިއަދު އާއްމުކުރި ވީޑިއޯގައި ތިން މީހަކު ތިބި އިރު ތިންމީހުން ވެސް ތިބީ މޫނު ނިވާކޮށް ގެންނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ދިވެހި ޤައުމީ ފުލުހުންކަމަށް ބުނެ ޔޫޓިއުބްގައި އާއްމުކޮށްފައިވާ ވީޑިއޯގެ މައްސަލަ ބަލަމުން ގެންދާ ކަމުގައެވެ. އަދި މިހާތަނަށް ބެލި ބެލުމުން ފުލުހުންގެ ޔުނީފޯމްގައިތިބީ ފުލުހުންކަން އަދި ޔަގީން ކުރެވިފައި ނުވާކަމަށް ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން ތަހުގީގު ކުރިއަށްދާ މިންވަރަކުން އެކަމުގެ މައުލޫމާތު ހާމަކުރާނެކަމަށް ޝިފާން ވިދާޅުވިއެވެ.

ވީޑިއޯގައި ވާހަކަދެއްކި މީހުންވަނީ ފުލުހުންގެ އިސްވެރިން ފުލުހުންނަށް ޤައިރު ޤާނޫނީ އަމުރުތައް ކުރަމުން ގެންދާކަމަށް ބުނެފައެވެ.

“ގާނޫނު އަސާސީއަށް ރުޖޫއަ ނުވެއްޖެނަމަ އޭޕްރިލް އެކެއްގައި މުޅި މުއައްސަސާގެ ދިފާއުގައި އަޅުގަނޑުމެން އެންމެން ނުކުންނާނަން.” ވީޑިއޯ ގައި އިންޒާރު ދިނެވެ.އަދި ފުލުހުންގެ އިދާރާ މިހާރު ސިފަވަނީ ޕީޕީއެމްގެ ޖަގަހައެއްގެ ގޮތުގައިކަމަށްވެސް ވީޑިއޯގައިވަނީ ބުނެފައެވެ،