English Edition
Dhivehi Edition

އައްޑޫސިޓީގެ ގަމާއި ފޭދޫ ގުޅޭ ކޯޒްވޭ ކައިރީގައި ބަހައްޓާފައިވާ ދޮންދީނާ މޮނިއުމެންޓް މިއަދު ނަގައިފިއެވެ. ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީ ގުޅިގެން މިއަދު އެ މޮނިއުމެންޓް ނަގާފައިވަނީ އޭގެ މަރާމާތަށް ކަމަށް ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވިދާޅުވީ މޮނިއުމެންޓް ހުރި ދަގަނޑު އަރިއަޅާފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެގޮތަށް މަރާމާތު ނުކޮށް ބަހައްޓާފައި ހުރުމުން އޭގެ ސަބަބުން މީހަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބިދާނެ ކަމަށެވެ. މަރާމާތުގެ މަސައްކަތަށް ފަހު ޖުލައި 26 ވަނަ ދުވަހަށް އަލުން ދޮންދީނި މޮނިއުމެންޓް ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ. އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓާއި ދިމާކޮށް ގަމާއި ފޭދޫގައި ބަހައްޓާފައިވާ މި މޮނިއުމެންޓަކީ އައްޑޫއަށް ވައިގެ މަގުން ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ފުރަތަމައަށްވެސް އަޅައިގަންނަ އައްޑޫ ރަމްޒުކޮށްދޭ މޮނިއުމެންޓެކެވެ.