English Edition
Dhivehi Edition

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި ކަމަށް ޕޮލިސް އޮފިޝަލް ވެބްސައިޓްގައި ލިޔެފައިވެއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ބޮޑުފުޅަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ރަސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި މަހުގެ އަށްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޚަބަރުގައި ފުލުހުން ވަނީ ލިޔުއްވާފައެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާއަށް އެޑްރެސްކޮށް ބޮޑުފުޅަދޫއަށް ގެނެސްފައިވާ ފޮށިގަނޑެއް ބަލައި ދިޔުމުން ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެމީހާ ހައްޔަރުކޮށް އެފޮށިގަނޑު ބަލައިފާސްކުރުމުން އެފޮށިގަނޑު ތެރޭގައި އޮތް ދަތްއުނގުޅާ ބޭސްފުޅި ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ޕޮލިސް ވެބްސައިޓް ގައި ބުނެފައިވާ ގޮތުން މިމައްސަލަ ދަނީ ރަސްދޫ ޕޮލިސް ސްޓޭޝަނުންއިތުރަށް ތަހުޤީޤު ކުރަމުންނެވެ