ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށްހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
މި އަމުރާއި ގުޅިގެން ފުލުހުން ހޯދަން ފަށާފައިވަނީ ދ.މީދޫ، ބީޗްހައުސް، މުޙައްމަދު އަޝްރަފް (36އ) އާއި ހދ.ނޭކުރެންދޫ، ކުރި، އާދަމް ޝިފާޢު (30އ) ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ވީމާ މިދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.