އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އިބްރާހިމްގެ ނަމުގައި ކޮށްފައިވާ ސޮޔަކީ ސައްހަ ސޮޔެއް ނޫން ކަމަށް އަހްމަދު ރަޝީދު ވިދާލުވެއްޖެއެވެ. މީގެ އިތުރުން އަހްމަދު ރަޝީދު ވިދާޅުވެފައިވަނީ މިފަދަ އެއްވެސް ލިޔުމެއްގައި އޭނާ ސޮއި ކޮށްފައި ނުވާކަމަށެވެ މިއަދު އެމްޑީޕީ އިން ރައްޔަތުންގެ މަޖީލުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހުށަހަޅާފައިވާ ލިސްޓުގައި އަހްމަދު ރަޝިދުގެ ސޮއި އޮތުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި މައްސަލައިގައި މަޖިލީހުގެ ރައީސަށް އަހްމަދު ރަޝިދު ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނަގެ ނަމުގައި ސައްހަ ނޫން ސޮޔެއްކޮށްފައިވާތީ އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
ޕީޕީއެމްގެ 9 މެމްބަރުންނާއެކު 45 މެމްބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ވައްދާފައެވެ.