English Edition
Dhivehi Edition

އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި، އެ ސިޓީގެ ހުރިހާ އަވަށްތަކުގައި ފެންބޮޑުވެއްޖެއެވެ

އައްޑޫއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މޫސުމާއި ބެހޭ އިދާރާއިން ވަނީ އައްޑޫއަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. މިއެލާޓުގެ މުއްދަތު ދީފައިވަނީ މިއަދުގެ ހެނދުނު 7:30 އަށެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ހިތަދޫގެ ބައެއް ގޭގެއަށާއި މިސްކިތަށް ފެންވަދެފައިވާ ކަމަށާއި ޕަންޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ހިތަދޫ ފަޔާ އެންޑް ރެސްކިއުއިން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މީގެ އިތުރުން އައްޑޫގެ އަވަށްތަކުގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދުއްވާ އެއްޗިއްސަށާއި ހިނގައި އުޅޭ ފަރާތްތަކަށް ވެސް ވަނީ ބޮޑެތި ދަތިތަކާޢި ކުރިމަތިލާން ޖެހިފައެވެ.