English Edition
Dhivehi Edition

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި މިއަދު ދިވެހި ރާއްޖޭގެ ނިއުރެޑިއެންޓް ސްޕޯޓްސް ކުލަބް އާއި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ނިއު އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މެޗު ނިއުން އިން އަބަހާނީގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0 ލަނޑުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު އަބާހާނީ އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ނިއުއިން ވަނީ މެޗުގެ ކޮންޓުރޯލް ހޯދައި މޮޅު ކުޅުމެއް ދައްކާފައި ވީނަމަވެސް ދެ ޓީމުން ކުރެ ޓީމަކަށް ވަނީ މިހާފްގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވެފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފް އާއި ހިލާފަށް ދެވަނަ ހާފްގައި ނިއުން ވަނީ ދެވަނަ ހާފް ވަރަށް ވަރުގަދަ ކޮށްފަށާ މެޗުގެ 58 ވަނަ މިނެޓްގައި އަލީ ފާސިރު(ސެންޓޭ) ކާމިޔާބު ކުރި ގޯލުން ރަށުން ބޭރުގައި ލީޑު ނަގާފައެވެ.މި ލަނޑު ސެންޓޭ ކާމިޔާބުކޮށްފައިވަނީ މުހައްމަދު އުމޭރު ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ހާފުގައި ނިއު ލީޑުގައި އޮތްވާ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި އަބަހާނީއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ އެ ޓީމުގައި އެންމެ ރަނގަޅަށް ކުޅެމުންދިޔަ ނައިޖީރީއާގެ ކުޅުންތެރިޔާ ސަންޑޭ ޗިޒޯބާ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓީމުތަކަށް ހާއްސަ ގްރޫޕް އީގައި މިއަދު ކުޅެން ކުރިން ހަމަޖެހިފައި އޮތް އަނެއް މެޗު ކަމަށްވާ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި އައިޒޯލް ކުޅޭ މެޗު ވަނީ އަންނަ މަހު ފަސް ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. ނިއު ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހަފްތާގައި މާލޭގައި ނުކުންނާނީ އައިޒޯލްއާ ދެކޮޅަށެވެ.