English Edition
Dhivehi Edition

ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބް ނިއުރެޑިއެންޓް ސްޕޯޓްސް ކުލަބް މިއަންނަ ސީޒަންގައި އެ ޓީމް ވަރުގަދަ ކުރުމުގެ ގޮތުން އަފްޣާނިސްތާން ގައުމީ ޓީމުގެ ކެޕްޓަން ޒޯހިބް އިސްލާމް އަމީރީ އެ ކުލަބަށް ގެނެސްފިއެވެ.

އާސީޒަނާއި ނިއު ކުރިމަތި ލާއިރު ނިއުއިން ވަނީ މިދިޔަ ސީޒަންގައި ކުޅުނު ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އާއި މޮންޓެނީގްރޯ ޑިފެންޑަރު ސްޓެވަން މާކޮވިޗުގެ ކޮންޓްރެކްޓް އުވާލާފައެވެ.

ނިއުއިން ސްޕެއިން ފޯވާޑް އެޑްރިއެން ގަލާޑޯގެ ބަދަލުގައި ޔޫރަޕަށް ނިސްބަތްވާ ފޯވާޑެއް ގެންނަން މަސައްކަތްކުރަމުންދާއިރު ލުބުނާންގެ ޑިފެންޑަރު ހުސައިން އެލް ޑޯ ނެތްތަން ފޫބެއްދުމަށް ނިއުއިން ގެނައި ފުރަތަމަ ކުޅުންތެރިޔަކީ އާމިރުއެވެ.

މީގެ އިތުރުން ނިއު އަށް ވަނީ ގިނަ ކުޅުންތެރިން ތަކެއް ގެންގޮސްފައެވެ. އޭގެ ތެރޭގައި މުހައްމަދު އުމެއިރު، އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު އާއި ވެލެންސިއާގެ ހިސާމް ސަލީމް ވަނީ ނިއުއާއި ގުޅިފައެވެ.

އުމުރުން 27 އަހަރުގެ އަމީރީ ވަނީ އަފްޣާނިސްތާނުގެ ގައުމީ ޓީމަށް މިހާތަނަށް 43 މެޗް ކުޅެ 6 ގޯލު ކާމިޔާބުކޮށްދީފައެވެ.

އަފްއާންގެ ގައުމީ ޓީމުގެ ފަހަށް ބެލެހެއްޓުމުގެ އިތުރަށް އަމީރީ އިންޑިޔާގެ މަޝްހޫރު ކްލަބްތައް ކަމުގައިވާ މުމްބާއީ އެފް ސީ، ޑެމްޕޯ، އެފްސީ ގޯއާ، ޑީއެސްކޭ ޝިވާޖިއަންސް ގެ އިތުރުން ޗެންނާއީ އެފްސީ އަށް ކުޅެފައެވެ.