ސްރީލަންކާގައި 10 ދުވަހަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފިއެވެ.
ރައީސް ސިރިސޭނާއާއި ކެބިނެޓުން މިގޮތަށް އިޢުލާން ކުރަން ޖެހުނީ ސްރީލަންކާގެ އެކި ހިސާބު ތަކުގައި މުސްލިމުންނާއި ބުޑިސްޓުންގެ ތަޅާފޮޅުން އިތުރުވުމާއި ގުޅިގެން ކަމަށް ސްރީލަންކާގެ މިނިސްޓަރެއް ކަމަށްވާ އެސް.ބީ ޑިސްއެނަޔަކި ވަނީ ވިދާޅުވެފައެވެ.
ޕްރެޒިޑެންޓްސް ސެކްރެޓޭރިއެޓްގެ ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގެޒެޓް ނޯޓިސް ކުޑައިރުކޮޅެއްގެ ތެރޭގައި ނެރޭނެ ކަމަށެވެ.
10 ދުވަސް ނިމުމުން ކުއްލި ޙާލަތު އިތުރު ކުރާނެތޯ ނުވަތަ ނޫންތޯ ބައްލަވާ އެކަމަށް ރައީސް ގޮތެއް ނިންމަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.