English Edition
Dhivehi Edition

އައްޑޫސިޓީގައި މުޅިން އަލަށް ތަރައްގީ ކުރާ ޓޫރިސްޓު ރިސޯޓެއް ކަމަށްވާ އިސްމެހެލާ ހެރަ އަދި ކެޑެވާހެރައިގެ ފަޅުން ވެލި ނެގުމާއި މަސް ހިފުމަކީ މަނާ ކަމެއްކަމުގައި އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މި މަހުގެ 5 ވަނަ ދުވަހު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ރަށްތަކުގެ ފަޅުން އެއްވެސް ބޭނުމެއްގައި ވެލިނެގުމާއި، މަސްހިފުން އަދި ފަތުރުވެރިކަމުގެ މަސައްކަތަށް ދަތިވާފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަކުރެވިފައި ނުވާ ކަމެއްކަމަށެވެ.

“އައްޑޫސިޓީ އިސްމެހެލާހެރަ އަދި ކެޑަވާހެރަ އަކީ 3 ޖުލައި 2017 އިން ފެށިގެން (ފަންސާސް) 50 އަހަރަށް ފަތުވެރިކަމުގެ މަސައްކަތަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ސައުތް ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލު ކުރެވިފައިވާ ރަށްތަކަކަށްވާތީވެ، މި ރަށްތަކުގެ ފަޅުން އެއްވެސް ބޭނުމެއްގައި ވެލިނެގުމާއި، މަސްހިފުން އަދި ފަތުރުވެރިކަމުގެ މަސައްކަތަށް ދަތިވާފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަކުރެވިފައި ނުވާ ކަމެއްކަމަށް ޢާއްމުކޮށް އިޢުލާން ކުރަމެވެ” ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ކައުންސިލުން ބުނެފައިވަނީ މިފަދަ ކަމެއް ރައްޔިތުންގެ ތެރެއިން ބަޔަކު ކުރާނަމަ އެކަމެއް ހުއްޓުވުމަށް ޤަވާޢިދުން ފިޔަވަޅު އެޅޭނެ ކަމަށެވެ.