English Edition
Dhivehi Edition

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި މިހާރު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހައްޔަރު ކޮށްފައިފައިވަނީ އެއްވެސް ކުށަކާ ނުލައި ކަމަށް ވިދާޅުވެ އޭނާ ދޫކޮށްލުމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ފުލުހުންނަށް ގޮވާލައިފިއެވެ.

“ކުރީގެ ސީޕީ އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އެމްޕީ ޢަބްދުﷲ ރިޔާޒު ކުރި އެއްވެސް ކުށެއްނެތި ޖަލުގައި. އެމަނިކުފާނު ދޫކޮށްލަން ގޮވާލަން” ނިޒާރު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރިޔާޒު ހައްޔަރުކުރީ ހުކުރުދުވަހުގެ މުޒާހަރާގެ ތެރެއިންނެވެ. އޭނާއާއެކު މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޝާހިދާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް ވެސް ހައްޔަރު ކުރިއެވެ.

އެބޭފުޅުން ހައްޔަރު ކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގައި ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެބޭފުޅުންގެ ތެރެއިން ރިޔާޒު ނޫން އެހެން ބޭފުޅުން މިހާރު ވަނީ ދޫކޮށްލައިފައެވެ. ފުލުހުން މިހާރު ވިދާޅުވެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލާތުގެ ދަށުން ކަމަށެވެ.