English Edition
Dhivehi Edition

އއ. މާމިގިލި އެއާޕޯޓޫ ހިންގުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާއެއާ އަށް ދީފައިވާ މުއްދަތު 99 އަހަރަށް އިތުރުކޮށް ދިނުމުގައި، ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ހިންގާފައިކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ

ވިލާއެއާ އަށް މާމިގިލީ އެއާޕޯޓު 99 އަހަރަށް ކުއްޔަށް ދޭން ނިންމާފައިވަނީ އިކޮނޮމިކް ކޮމިޓީ އިން ނިންމައިގެން ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ގެ ސަރުކާރުގައެވެ

ޑރ. ވަހީދުގެ ވެރިކަމުގައި މާމިގިލީ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ހަދާފައިވީ ނަމަވެސް، ރައީސް ޢަބްދުﷲ ޔާމީން ގެ ވެރިކަމުގައި އެއާޕޯޓު ވަނީ ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލު ކޮށްފައެވެ

ޤާސިމް އިިބްރާހިމްގެ އަމިއްލަ ޚަރަދުން ހައްދަވާފައިވާ މާމިގިލީ އެއާޕޯޓު ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރ މަހުގައެވެ