ހުޅުމާލޭގައި އިމާރާތް ކުރާ “އެން- ވަން” ސުކޫލްގެ ހުރިހާ މަސައްކަތެއް ނިންމާ މިއަހަރުގެ މެދުތެރޭ ސަރުކާރާއި ހަވާލު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފިއެވެ.
އެޗް ޑީ ސީން ބުނެފައިވަނީ، އެ އިމާރާތުގައި،މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
7 ބުރީގެ 3 ބްލޮކް ހުންނަ ގޮތަށް އިމާރާތއ ކޮށްފައިވާ އެސްކޫލަގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ޚާއްޞަކޮށްގެން 50 ކްލާސްރޫމް ހުންނާނެއެވެ. އެގޮތުން،އެސްކޫލްގެ އޭ ބްލޮކް އަދި ސީ ބްލޮކް ޚާއްޞަކޮށްފައިވަނީ ކްލާސްރޫމްތަކަށެވެ. އަދި ބީ ބްލޮކް ޚާއްޞަކޮށްފައިވަނީ ލެބޯޓްރީއާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމަށެވެ.
މުޅިއެކު ޖުމްލަ، 1680 ދަރިވަރުންނަށް ކިޔެވޭގޮތަށް ހަމަޖައްސާ ފައިވާ، އެ ސުކޫލް ވެގެންދާނީ ހުޅުމާލޭގައި އިމާރާތްކުރާ އެންމެ ބޮޑު ސުކޫލަށެވެ.