English Edition
Dhivehi Edition

މިދިޔަ އަހަރު ގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހު އަނިޔާވެރިގޮތަކަށް މަރާލި ޔާމީން ރަޝީދުގެ ފަރާތުން މޯލްޑިވްސް ސްޓޮކްއެކްސްޗޭންޖަށް ކޮށްދެއްވަވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދީފިއެވެ.

ސްޓޮކް އެކްސްޗޭންޖުގެ 10 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނިން ވަނީ ސްޓޮކް އެކްސްޗޭންޖުގެ ހުރިހާ ކަމެއްވެސް އޮންލައިންކޮށް ކުރެވޭނެ ގޮތަކަށް ހަމަޖެއްސުމަށް ސްޓޮކް އެކްސްޗޭންޖުން ޑިވެލޮޕްކުރި “އިންފިނިޓީ” ޑިވެލޮޕްކުރުމުގައި ޔާމީން އަދާކުރި މުހިއްމު ރޯލާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވަޒީފާ އަދާކުރަމުން ދިޔަ ސ. ފޭދޫ ޗަނބޭލީގޭ ޔާމީން 29، މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ. އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ އެއްގެ ގޮތުގައި އެންމެން ދަންނަ ޔާމީން ރަޝީދު މަރާލި މައްސަލާގައި ބައިވެރިވި މީހުންނާއި އެ މަރާ ގުޅިގެން ހިންގި ތަހުގީގުގެ މައުލޫމާތުތައް ކުރިއަށް ގެންދިއުމަށް ފަހު މަރުގެ މައްސަލާގައި 7 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.