English Edition
Dhivehi Edition

ހުސްވި ޖެނުއަރީމަހުގެ ނިޔަލަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ މާކެޓްކެޕިޓަލްގެ ގޮތުގައި 15 ބިލިއަން ރުފިޔާ ހުރިކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު އަދި މޯލްޑިވްސް މާކެޓް ޑިޕޮސިޓްރީގެ ޗެއާމަން އަލާއު އަލީ ވިދާޅުވެއްޖެއެވެ.

ސްޓޮކް އެކްސްޗޭންޖުގެ 10 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް ހޮޓެލް ޖެން ގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލާއު ވިދާޅުވމާކެޓު ކެޕިޓަލައިޒޭޝަން މި އަހަރުގެ ޖެނުއަރީ މަހު އުޅެނީ 15.4 ބިލިޔަން ރުފިޔާގައި ކަމަށާއި މި އަދަދަކީ 2008 ވަނަ އަހަރު ސްޓޮކް އެކްސްޗޭންޖުގެ ފެށުނު އިރާ ބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށެވެ. 2008 ވަނަ އަހަރު ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ފަށައިގަތްއިރު މޯލްޑިވްސް ސްޓޮކް އެކްސްޗޭނުންޖުގެ މާކެޓް ކެޕިޓަލްގެ ގޮތުގައި ހުރީ 2.9 ބިލިއަން ރުފިޔާ ކަމަށާއި މިއަދުގެ ނިޔަލަށް 16.12 ބިލިއަން ރުފިޔާ މާކެޓް ކެޕިޓަލްގެ ގޮތުގައި އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސްޓްރީގައި 32000 ޑިޕޮސްޓްރީ އެކައުންޓު އެބަހުރި ކަމަށާއި ސްޓޮކް އެކްސްޗޭންޖުގެ ތާރީޚަށް ބަލާއިރު ހުސްވި އަހަރަކީ އެންމެ ކާމިޔާބު އަހަރުކަމަށް އަލާއު ވިދާޅުވިއެވެ. މިގޮތުން މިދިޔަ އަހަރު އެންމެ ފުރަތަމަ އެޗްޑީއެފްސީ އިން ސުކޫކު ވިއްކި ކަމަށާއި، އެމްޓީސީސީ އިން ރައިޓްސް އިޝޫކޮށް، ސެންޗޫރިއަން އާއި އުރީދޫ އިން އާންމުންނަށް ހިއްސާ ވިއްކަން ފެށިކަން އަލާއު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްއީ) ގެ ސީއީއޯ އައުޝަން ލަތީފް ވަނީ ގިނަ ކުންފުނިތައް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކުރަން ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ އަމާޒަކީ ލިސްޓް ލިސްޓުކުރާ ކުންފުނިތަކުގެ އަދަދު ދެ ގުނަ ކުރުން ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ފާއިތުވި 10 އަހަރު ސްޓޮކް އެކްސްޗޭންޖަށް އެކި ގޮތްގޮތުން ހިދުމަތްކުރެއްވި ބޭފުޅުންނަށް ވަނީ ހަނދާނީ ފިލާ އަރުވައިފައެވެ.