English Edition
Dhivehi Edition

ބްލޮގަރު ޔާމީން ރަޝީދުގެ މަރު ތަހުގީގު ރިޕޯޓު ހާމަކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

އިއްޔެ ޓްރާންސްޕޭރެންސީ އިން ކުރި ޓުވިޓެއްގައި ވަނީ ޔާމީން މަރާލުމަށް ފަންޑު ކުރި ފަރާތްތައް ހާމަކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް ގޮވާލައިފައެވެ.

މީގެ އިތުރުން އެ ޓުވިޓްގައި ބުނެފައިވަނީ އަދަބު ނުދިނުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ ތަހުހީގު ކުރި ރިޕޯޓް އާންމު ކުރުމަށް ސަރުކާރަށާއި ޕީޖީ އޮފީހަށް، ޓްރާންސްޕޭރެންސީ އިން ވަނީ ގޮވާލާފައެވެ.

ޔާމީން ރަޝީދު މަރާލިތާ އިއްޔެއަށް ފަސް އަހަރު ވެފައިވާއިރު، އެ މައްސަލައިގެ ހުކުމް އިއްވާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ، މި މައްސަލައިގައި 6 މީހެއްގެ މައްޗަށް ދައުވާ އުފުލި،އިރު 4 މީހެއްގެ މައްޗަށް ވަނީ ކުށް ސާބިތުނުވާކަމަށް ނިންމާފައެވެ،

މި މައްސަލައިގައި ކުށް ސާބިތުވާކަމަށް ނިންމާ ހުކުމް ކޮށްފައިވަނީ އިސްމާއިލް ހައިޝަމާއި އަހުމަދު ޒިހާންގެ މައްޗަށެވެ.