English Edition
Dhivehi Edition

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ދޫނިދޫގައި ކަމަށް ފުލުހުން ބުނެއެވެ..

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2008ވަނަ އަހަރުން ފެށިގެން 2017ވަނަ އަހަރާއި ދެމެދުގައި ހިމެނޭ 106 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 851 ފުޅި ބަނގުރަލާއި 57 ޕެޓް ފުޅިއާއި 523 ދަޅު ބިޔަރާއި 454 ފުޅި ބިޔަރާއި 2 ބިޔަރު ކެގް އާއި 6 ރީނދޫ ހަމާއި އެހެނިހެން 60 އައިޓަމެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ..