English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް ޖޫން މަހުގެ 26 އިން 30 އަށް ކުރިއަށް ގެންދާ ” ދިރާގު އިންޓަރ ސްކޫލް ނެޓްބޯލް ޓޯނަމެންޓް ” ގައި 13 އަހަރުންދަށުގެ އުމުރުފުރައިގެ މެޗް، ޝަމްސުއްދީން ސްކޫލް ކާމިޔާބުކޮށްފިއެވެ. މިއަދު ހެނދުނު މަރަދޫފޭދޫ ސްކޫލާއ ބައްދަލުކޮށް ޝަމްސުއްދީން ސްކޫލް މެޗް ކާމިޔާބު ކުރީ 15/22 ގެ ނަތީޖާ އަކުންނެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބިފައިވަނީ ޝަމްސުއްދީން ސްކޫލްގެ ދަރިވަރު ރީނާ ސަލާހްއަށެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ވަނީ ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މުބާރާތުގައި ޝަމްސުއްދީނު ސްކޫލުގެ ޓީމުވަނީ ކުޅުނުހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މި މުބާރާތުގައި މިއަދު 11 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުން ހިރާ ސްކޫލާއި ވާދަކޮށް 14/12 ގެ ނަތީޖާއަކުން ޝަމްސުއްދީން ސްކޫލް ވަނީ ބަލިވެފައެވެ. މިއަދުގެ މެޗުން ބަލިވުމުން ޝަމްސުއްދީނު ސްކޫލުގެ 11 އަހަރުން ދަށުގެ ޓީމުވަނީ މުބާރާތުން ކަޓާފައެވެ އައްޑޫގެ 11ސްކޫލެއް ބައިވެރިވެގެން ކުރިއަށްގެންދާ މި މުބާރާތުގެ ސްޕޮންސަރަކީ ދިރާގުއެވެ. ކޯ ސްޕޮންސަރުންނަކީ ބޭންކް އޮފް މޯލްޑިވްސް އާއި ފަލަކް ސްޕޯޓްސް އެވެ.