English Edition
Dhivehi Edition

އައްޑޫސިޓިގެ މަރަދޫ ބަނދަރުސަރަހައްދުން މަސްމާރުކޭޓެއް ޢިމާރާތްކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެގެން އައްޑޫސިޓީ ކައުންސިލް އިދާރާއިން އިއުލާންކޮށްފިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކައުންސިލުން ދައްކާ ތަނެއްގައި، އެބައެއްގެ އަމިއްލަ ޚަރަދުގައި މިޢިމާރާތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދޭކަމަށް ކައުންސިލުން ބުނެއެވެ.

މިމަހުގެ 25 ވަނަ ދުވަހު މިކަމާގުޅިގެން އާންމުކޮށްފައިވާ އިއުލާނުގައި ވާގޮތުން ބިޑް ވިއްކުންއޮންނާނީ 28 ފެބުރުވަރީ 2018ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 05 މާރިޗު 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 7 މާރިޗު 2018ވާ ބުދަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމަނަން ޖެހެއެވެ.