English Edition
Dhivehi Edition

އައްޑޫ ސިޓީގެ ރަށްތަކުގައިވެސް ޕްލާސްޓިކް ބިސް ވިއްކަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ. އޭއޯ މައުލޫމާތު ދިން އައްޑޫ ސިޓީ މީދޫ މީހަކު ބުނެފައިވަނީ ޕްލާސްޓިކު ބިހުގެ ވާހަކަ ސޯޝަލް މީޑިއާ އިން ފެނިފައިވާތީ އޭނާވެސް ގަތް ބިސް ޓެސްޓުކޮށްފައިވާ ކަމަށެވެ. “ބޭރުން ބަލާއިރު އެއްވެސް ބަދަލެއް ނުފެނޭ. އެކަމަކު ފެނަށް އެޅީމަ ބިސް އޮންނަނީ އުފުލިފަ. ދެން އެހެން ފިހާރައަކުން ބިސް ގަނެގެން އައިސް ހަމަ އެހެން ހެދީ. އެކަމަކު އެ ބިސް އޮންނަނީ އަޑީގައި. ” އޭނާ އަށް ގަނެވުނު ބިހަކީ ޕްލާސްޓިކު ބިސްކަމަށް ޝައްކު ކުރެވުނު ސަބަބު ކިޔައިދެމުން ބުންޏެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ ބިހުގެ ދުލި ގަނޑު އަންދާލުމުން ވަރަށް ނުބައިވަސް ދުވާކަމަށާއި އާދައިގެ ބިސްތަކާއި ހިލާފަށް ބިހުގެ ބޭރު އަންދާލުމުންވެސް އެއްވެސް އަޑެއް ނުކިޔާ ރީއްޗަށް ވިރިގެންދާކަމަށެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ޕްލާސްޓިކް ބިސް ވިއްކަމުންދާކަމަށް ގިނަމީހުން ބުނަމުންދާއިރު އަވައްޓެރި ޗައިނާއިން އިންޑިއާއަށް ޕްލާސްޓިކު ބިސް އެތެރެކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަދައްކަމުންނެވެ. އާއްމުންގެ ޝަކުވާތަކާއި ގުޅިގެން ހެލްތު މިނިސްޓްރީއާއި ފުޑް އެންޑް ޑުރަގް އޮތޯރިޓީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.