English Edition
Dhivehi Edition

ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ކުކުޅު ބިހުގެ ތެރޭގައި ބަޔަކު ހަދާފައިވާ ފޭކް ބިސް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހަވާލާދީ އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވެސް ފަރާތަކަށް ކުކުޅި ބިހަކާއި މެދު ޝައްކުވާނަމަ އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ހިއްސާކުރުމުން ގެންދިއުމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ސޯޝަލް މީޑިއާއާއި ހަބަރު ފަތުރާ އެހެން ވަސީލަތްތަކުން ބިހުގެ ވާހަކަ ނުފެތުރުމަށް މިނިސްޓްރީންވަނީ އިލްތިމާޒުކޮށްފައެވެ މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ ރާއްޖެއަށް އެތެރެކޮށްގެން ވިއްކާ ކުކުޅު ބިހުގެ ތެރޭގައި އަސްލު ބިސް ގޮތަށް ހަދާފައިވާ ޕްލާސްޓިކް ބިސް ވިއްކަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަށް ދައްކާ ވީޑީއޯތައް ހިއްސާކުރަމުންދާ ވަގުތެއްގަ އެވެ.