English Edition
Dhivehi Edition

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އެކަކު މަރުވެ 6 މީހުން ޒަޚަމްވެއްޖެއެވެ.

ހަމަލާ ދީފައިވަނީ ކާބުލްގެ ޝާޝް ދަރަކް ސަރަހައްދުގައިވާ އެގައުމުގެ ނޭޝަނަލް ޑިރެކްޓޮރޭޓް އޮފް ސެކިއުރިޓީ (އެންޑީއެސް) ކައިރީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެންޑީއެސް އަކީ އަފްޣާން އިންޓެލިޖެންސް އެޖެންސީ އެވެ. އެންޑީއެސްގެ އިމާރާތް ހުންންނީ އަފްޣާނުގައި ހުންނަ ނޭޓޯގެ ހެޑްކުއާޓަރާއި، އެމެރިކާގެ އެސެމްބްލީ އޮފީސް ހުންނަ ސަރަހައްދުގައެވެ.

އިދިކޮޅު ފަރާތްތަކުން މީގެކުރިންވެސް ވަނީ އެ ސަރަހައްދުގައި ޖާނުންފިދާވުމުގެ ހަމަލާތަކެއްދީފައެވެ. މި ދިޔަ އަހަރު ޑިސެމްބަރުމަހުގައި ދިން އެ ހަމަލާގައި އާންމުންގެ 6 މީހަކު މަރުވެފައިވެއެވެ.