English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލަން ފުރުސަތު ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އިންޑިއާގައި ހުންނަވައިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ ރައީސް ޔާމީން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލައިގެން މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވަން ފުރުސަތު ދިނުމަށް ގޮވާލައްވަވާފައެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރު ތަންފީޒު ކުރުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާތީ އެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި އެތައްހާސް ބަޔަކު އަޑުއުފުލާފައިވާ ކަމަށެވެެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ ރައީސް ޔާމީން އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދިނުމަށް ތަކުރާރުުކޮށް ގޮވާލައްވާފަ އެވެ.

ހިނގަމުންދާ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު ވަގުތީ ސަރުކާރެއް އެކުލަވާލުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި އޮންނަ ފުރުސަތެއް ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ބާރެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

2 ކޮމެންޓް
ހަަބޭސް222
ފެބުރުއަރީ 18, 2018
ދުނިޔޭގެ އެއްވެސް ޤައުމެއްގައި އޮންނަ ކަމެއް ނޫން ޝަރުޢީނިޒާމާއި، މަޖްލިސް ހުއްޓުވާފައި ބޭއްވުމަކީވެސް! އެކަމަކު މިޤައުމުގައި ހިނގާ ކަންކަންމީ
ބޭބެ
ފެބުރުއަރީ 17, 2018
މީ އަޅެ ބޯަހަމަޖެހޭ ގޮލައެއްތަ ރާއްޖޭގެ ގާނޫނު އަސާސީ ގަ ވަގުތީ ސަރުކާރަކަށް ޖާގަނެތްއިރު މިފަދަގޮވުން ގޮވުމަކީ ހަމަބުއްދީގަ މީހަކު ކުރާނެ ކަމެއްތަ؟ މީނައަކީ ޓެރަރިޒަމުގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ޓެރަރިސްޓެއް މީނައަށް ހިމާޔަތް ދިނުމަކީ ދުނިޔޭގަައި ޓެރަރިޒަމް ފެތުރުމަށް ހިތްވަރު ދިނުން