English Edition
Dhivehi Edition

ފާއިތުވެދިޔަ 3 އަހަރު، އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އިރާގާ ދެމެދު ކޮށްފައިވާ ހަނގުރާމައަށްފަހު ވީރާނާ ވެފައިވާ އިރާގު އަލުން އާރާސްތު ކުރުމަށް ގައުމު ތަކުން އެހީވާން އެއްބަސްވެއްޖެއެވެ.

ކުވައިތުގައި ބުދަ ދުވަހު، ބޭއްވި ބައިނަލްއަގުއާމީ ޑޮނާ ކޮންފަރެންސްގައި ސަރުކާރުތަކުންނާއި އިންވެސްޓަރުން އަދި ގްލޯބަލް ފަންޑް ތަކުންނާއި އިންވެސްޓަރުން ވަނީ އިރާގު އާރާސްތުކުރުމަށް ލޯނާއި އިންވެސްޓްމެންޓުގެ ގޮތުގައި،30 ބިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމާފައެވެ.

އެ ގޮތުން ސައުދީ ސަރުކާރުން ވަނީ ލޯނުގެ ގޮތުގައި އެއް ބިލިން އެމެރިކާ ޑޮލަރު އަދި އެކްސްޕޯޓް ކްރެޑިޓްގެ ގޮތުގައި 500 މިލިއަން އެމެރިކާ ޑޮލަރު އިރާގަށް ދޭން ނިންމައިފައެވެ.

ތުރުކީން “ކްރެޑިޓް ލައިން” ގެ ގޮތުގައި 5 ބިލިއަން އެމެރިކާ ޑޮލަރު ދޭން އެއްބަސް ވެފައިވާއިރު ގަތަރުން ވަނީ 1 ބިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމައިފައެވެ.

ކުވޭތުގެ ޚާރިޖީވަޒީރު ވިދާޅުވެފައިވާ ގޮތުގައި އިރާގު އާރާސްތުކުރުމަށް 76 ގައުމަކުން ވަނީ އެއްބަސްވެފައެވެ.
އދ. ގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި މޫސަލްގައި އެކަނިވެސް 40،000 ގެ އިމާރާތް ކުރަން ޖެހެއެވެ.

ގައުމު އާރާސްތުކޮށް އަލުން ދިރުވުމަށްޓާކާ 90 ބިލިއަން ޑޮލަރު ބޭނުން ވާ ކަމަށް ވެސް އިރާގުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 22 ބިލިއަން ޑޮލަރު ވަގުތުން ބޭނުންވާ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

ޓެގު