English Edition
Dhivehi Edition

އެމެރިކާގެ މެދުތެރޭ ސަރަހައްދަކަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން އެތައް ފްލައިޓްތަކެއް ކެންސަލް ކޮށްފިއެވެ.

ސްނޯ ފޭބުމުގެ ސަބަބުން ގާތްގަނޑަކަށް 1500 އެއްހާ ފްލައިޓު ކެންސަލް ކުރަން ޖެހުނު ކަމަށް ވެއެވެ. ސްނޯގެ އަސަރު ބޮޑަށް ކޮށްފައިވަނީ މެދު ތެރޭ ސަރަހައްދުތައް ކަމަށްވާ ޑެޓްރޮއިޓް އަދި ޗިކާގޯ ފަދަ ސަރަހައްދު ތަކަށެވެ.

އެގައުމުގެ މޫސުމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ސްނޯގެ ސަބަބުން ޗިކާގޯގެ މަގުތައް ތޮއްޖެހި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ދިޔުމުގެ އިތުރަށް އެހިސާބުގެ ސްކޫލްތައް ބަންދު ކުރަން ޖެހިފައިވެއެވެ.

ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ފްލައިޓްތައް ކެންސަލް ވަމުންދާ މި ދަނޑިވަޅުގައި އެއަރލައިން ތަކުންދަނީ އިތުރު ފީ އަކާނުލައި ދަތުރުވެރިންގެ ޓިކެޓްތައް ކެންސަލް ކޮށްދެމުންނެވެ. ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއްވައިފައިވާ ގޮތުގައި މިއަދާއި މާދަމާ ވެސް ބޯކޮށް ސްނޯ ފައިބާނެ ކަމަށް ބެލެވެއެވެ. މިއީ ފާއިތުވެދިޔަ އެހެނިހެން ފަހަރުތަކާ އަޅާ ބަލާއިރު ބޯކޮށް ސްނޯ ފައިބަމުންދާ ފަހަރެއް ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވާފައި ވެއެވެ.

އެހެން ކަމުން، މޫސުން އާންމު ހާލަތަށް ބަދަލު ނުވަނީސް، އެސަރަހައްދު ތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށްވެސް އެފަރާތުން އިލްތިމާސް ކުރައްވާފައި ވެއެވެ.

ޓެގު