ދުނިޔޭގެ ފެނުމުގެ ދުވަސް ނުވަތަ “ވޯލްޑް ސައިޓް ޑޭ” ފާހަގަކުރުމުގެ ގޮތުން، އައިކެއާ އިން ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކަނޑައެޅިފައިވާ ޕްރިސްކްރިޕްޝަން ލެންސް ގަންނަ ފަރާތްތަކަށް، ހޮވާލެވޭ ފްރޭމްތަކުން %20 ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މި އޮފަރ ކުރިއަށްދާނީ އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓްތަކެއްގަ އެވެ.
މި އޮފަރ ލިބެނީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޒައިސް (ZEISS)، ހޯޔާ (Hoya) އަދި ނޯވާ (Nova) ގެ ސިންގަލް-ވިޜަން ނުވަތަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސާއެކު ބައްލަވައިގަންނަ ފްރޭމްތަކަށެވެ. ލެންސަކީ މުޅި ދުވަހު ފެނުމުގެ ފެންވަރު ކަނޑައަޅައިދޭ މުހިންމު ބަޔަކަށް ވާތީ، އުމުރާއި، މަސައްކަތުގެ މާޙައުލާއި، ސްކްރީން ބޭނުންކުރާ މިންވަރަށް ބަލައި އެންމެ ރަނގަޅު ލެންސް އިޚްތިޔާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ކަސްޓަމަރުންގެ ލޮލުގެ ފެނުމުގެ ބޭނުންތަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެންމެ އެކަށޭނަ ފްރޭމާއި ލެންސް ޚިޔާރުކުރުމަށް އައިކެއާގެ ފަންނީ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ދުނިޔޭގެ ފެނުމުގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ލޮލުގެ ޞިއްޙަތުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މި ދުވަހާ ގުޅުވައިގެން އައިކެއާ އިން ވަނީ، އަމިއްލަ ލޮލުގެ ޞިއްޙަތަށް އިސްކަންދީ، ޤަވާޢިދުން ލޯ ޓެސްޓުކުރުމަށާއި، ފެނުމަށް އެއްވެސް ބަދަލެއް އަންނަނަމަ ލަސްނުކޮށް ފަންނީ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ. ސަބަބަކީ ފެނުމަށް އަންނަ ބަދަލުތަކަކީ ވަގުތުން ފާހަގަނުކުރެވި، މަޑުމަޑުން އަންނަ ބަދަލުތަކަކަށް ވެދާނެތީއެވެ.
“ލަވް ޔޯ އައިސް” ޝިޢާރުގެ ދަށުން އައިކެއާ އިން ކުރިއަށްގެންދާ މި އޮފަރ މި ހިނގާ އޮކްޓޯބަރު 31 ގެ ނިޔަލަށް އައިކެއާގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެއެވެ. އަދި އައިކެއާގެ މެންބަރޝިޕް އޮންނަ ފަރާތްތަކަށް ލެންސުން ލިބޭ އިތުރު ޑިސްކައުންޓްތައްވެސް މި މުއްދަތުގައި ލިބިގެންދާނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް އައިކެއަރގެ ވެބްސައިޓަށް https://eyecare.mv/offers ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއަރ އައުޓްލެޓަކަށް ޒިޔާރަތްކުރައްވާށެވެ.