English Edition
Dhivehi Edition

ހުޅުދޫ މީދޫ ގައި ހިންގަމުން އަންނަ ދިރާގު ޕާޓްނާޝިޕް ފިހާރަ “ފިނިމޮބައިލްސް” އަލުން ހުޅުވައިފިއެވެ. އެއް މަސްދުވަހަށް ބަންދުކުރުމަށް ފަހު ރޭ މިފާހާރަ އަލުން ހުޅުވާފައިވަނީ މުޅިން އާ، ގިނަ ހިދުމަތްތަކަކާއެކުގައެވެ. ފިނިމޮބައިލްސް ފިހާރައަށް މިހާރު ބިލު ދެއްކޭނެ ކަމަށާއި ސިމް ބަދަލުކުރުމާއި، އޭޑީއެސްއެލް ގުޅައިދިނުން، ޕެކޭޖެ ބަދަލުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބެން ހުންނާނެ ކަމަށް ފިނިމޮބައިލްސް އިން ވަނީ ބުނެފައެވެ. ހުޅުދޫ މީދޫގައި ދިރާގު އޮފީހެއް ހުރި ނަމަވެސް ދިރާގު އޮފީސް ބަންދު ގަޑިތަކުގައި ބިލު ދެއްކުން ފަދަ ހިދުމަތް ލިބިގެންދިއުމުން ކަސްޓަރަމަރުންނަށް އިތުރު ފައްސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. ކުރިންވެސް މިދެރަށުގައި މި ހިދުމަތް ދެމުން ގޮސްފައިވަނީ ފިނިމޮބައިލްސް އިންނެވެ. އަދި މިހާރު ކުރިއަށްވުރެ ހިދުމަތުގެ ފެންވަރު ރަގަޅުވެގެންދާނެ ކަމަށް އެ ފަރާތުންވަނީ ބުނެފައެވެ.

ޓެގު