English Edition
Dhivehi Edition

ޖަރުމަނު ކަޕްގެ ސެމީފައިނަލްގައި ރޭ ޕެޑަބޯން 6-0 ލަނޑުން ބަލިކޮށް މުބާރާތުގެ ސެމީގެ ޖާގައެއް ބަޔާން މިއުނިކްއިން ހޯދައިފިއެވެ.

ރޭގެ މެޗުން މޮޅުވެ ބަޔާން ވަނީ މިމުބާރާތުގެ ސެމީ ފައިނަލަށް ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ދިޔަ ފުރަތަމަ ކުލަބްގެ ޝަރަފް ހޯދާފައެވެ.

ލީގު ކަޕްގައި ކުޅުނު މިމެޗުން ބަޔާން މޮޅު ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ޖަމާން ލީގުގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޕެޑަބޯން އަމިއްލަ ދަނޑުގައި ފަސޭހަ ކަމާއި އެކު ބަލިކޮށްގެންނެވެ.

ޕެޑަބޯންގެ ދަނޑުގައި ކުޅުނު މި މެޗުގައި ޖަރުމަންގެ އެންމެ ކާމިޔާބު އެއް ކުލަބް ބަޔާން މިއުނިކް އިން މެޗުގެ ފުރަތަމަ ހާފްގައި ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ޖާމަން ލާގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާންއިން ރޭގެ މެޗުގެ 19 ވަނަ މިނެޓްގައި ކިންގްސްލީ ކޯމަންގެ ލަނޑުން މެޗުގެ ލީޑު ނަގާފައިވާ އިރު ބަޔާންގެ ދެވަނަ ގޯލު މެޗުގެ 25 ވަނަ މިނެޓްގައި ބަޔާންއަށް ކާމިޔާބުކޮށްދީފައިވަނީ ރޮބަޓް ލެވެންޑޯސްކީއެވެ.އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާން ކިމިޗް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 ލަނޑައަށް ބަދަލުކޮށްލާފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ބަޔާންއިން ޕެޑަބޯންއަށް އެއްވެސް ފުރުސަތެއް ނުދީ މޮޅަށް ކުޅެފައިވާއިރު ބަޔާންއިން ވަނީ ފުރަތަމަ ހާފްއަކީ އެތްގޮތަށް ދެވަނަ ހާފްގައި ވެސް ތިން ލަނޑު ކާމިޔާބުކޮށްފައެވެ.ރޭގެ މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ޓޮލީސޯ ލަނޑުން ބަޔާން ހަތަރު ލަނޑުގެ ލީޑެއް ނެގި އިރު ބަޔާންގެ ފަސްވަނަ ގޯލާއި ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ އާރެޔަން ރޮބެންއެވެ.

ބަޔާންގެ އިތުރުން ވާޑަ ބްރޭމަންގެ މައްޗަށް 2-4 އިން ކުރި ހޯދައި ބަޔާ ލެވަކޫސަން ވެސް ވަނީ މުބާރާތުގެ ސެމީ އަށް ދަތުރުކޮށްފައެވެ