އުރީދޫ ފިންޓެކް މޯލްޑިވްސް އިން އެމްފައިސާ މެދުވެރިކޮށް ތެޔޮ އަޅާ ކަސްޓަމަރުންނަށް ހާއްސަ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.
އުރީދޫ އިން ބުނީ މި ލިމިޓެޑް ޕްރޮމޯޝަންގެ ދަށުން، އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާގެ ޕެޓްރޯލް އަޅާ ކަސްޓަމަރުންނަށް 20 ރުފިޔާގެ ކޭޝްބެކް ސީދާ އެމްފައިސާ ވޮލެޓަށް ލިބޭނެ ކަމަށެވެ.
މާލެ އަދި ހުޅުމާލޭގެ އެފްއެސްއެމް އަދި ހޯކްސްގެ ތެޔޮ ވިއްކާ މަރުކަޒުތަކުން މި ހިދުމަތް ލިބޭނެއެވެ. ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންގެ ޒަރޫރީ ހަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ޕްރޮމޯޝަނާއެކު އެމްފައިސާ ބޭނުންކޮށްގެން 50 ރުފިޔާއަށް ޕެޓްރޯލް އެޅުމުން އިތުރު ލިޓަރެއްގެ އަގު ކަސްޓަމަރަށް ލިބޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ހަރަކާތަކީ އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވައި، ފިންޓެކް ހިދުމަތްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ފައިދާހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަން އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ.
ބައިވެރިވާ ތެޔޮ ވިއްކާ މަރުކަޒުތަކުގައި އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން މި ހިދުމަތް ފަސޭހަކަމާއެކު ލިބޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި ޓްރާންސެކްޝަން ނިމުމާއެކު، ކޭޝްބެކް ފައިސާ ސީދާ އެމް ފައިސާ ވޮލެޓަށް ޖަމާވާނެއެވެ. މިއީ ދުވަހުން ދުވަހަށް ކުރާ ހަރަދުތައް މެނޭޖްކުރުމުގައި ފަސޭހަކަމާއެކު ފައިސާ ސޭވްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އެމްފައިސާ ބޭނުންކުރަން ފަށާނެ ގޮތް
އެމްފައިސާ ބޭނުންކުރަން ފެށުމަކީ ވަރަށް ފަސޭހަ ކަމެކެވެ:
އުރީދޫ ފިންޓެކް މޯލްޑިވްސް އިން ޑިޖިޓަލް އިކޯސިސްޓަމް ފުޅާކުރަމުންދާއިރު، ރާއްޖޭގެ ކަސްޓަމަރުންނަށް ފަސޭހަ، ރައްކާތެރި އަދި ފައިދާހުރި މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެމްފައިސާ ދެމިއޮންނާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އަދި މި ހިދުމަތުގެ ފުރިހަމަ ބޭނުން ހިފައި، ކޭޝްލެސް ޕޭމަންޓްތަކުގެ ފަސޭހަކަމާއި އިތުރު ފައިދާތައް ހާސިލުކުރުމަށް ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.