English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދު ކުޅި ސަރަހައްދުގައި ހެދިފައިވާ ހައި ތަކުގައި ރޯވެ އަނދަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމައުލޫމާތު ފުލުހުންނަށް މިއަދު ލިބުމުން އެތަން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 1:15 އެހައިކަންހައިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ގެއްލުންވެފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. އަދި އެތަނުގައި ރޯވީ ކަނެއް ނުވަތަ ބަޔަކު ރޯކޮށްލީ ކަމެއްވެސް އެނގިފައެއް ނުވެއެވެ.

މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން އެ ސަރަހައްދުގައި ރޯވެ އަނދާފައިވެއެވެ.