English Edition
Dhivehi Edition
ހުޅުމާލެމަގެއްގައި ކާރުތަކެއް ޕާކުކޮށްފައި

ހުޅުމާލޭގައި ޕިކަޕެއް މަރާމާތު މަސައްކަތް ކުރުމަށް އޭގެ ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި، އެ މީހާ ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 11:05 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގުމުން އެ މީހާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ފުލުހުން ބުނީ އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވީ ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.