އައިކެއާގެ “ވިން އަ ރަމަޟާން އުމްރާ ޓްރިޕް ވިތު އައިކެއާ” ލަކީޑްރޯގެ ނަސީބުވެރި ފަރާތަކަށް މުޙައްމަދު ސައުފާން ހޮވި، އެކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
މި ނަސީބުވެރިޔާ ހޮވާފައިވަނީ އައިކެއާ އޮޕްޓިކަލް އައުޓްލެޓުން ޓީވީއެމް މެދުވެރިކޮށް ވަގުތުން ދެއްކި ހާއްސަ ޕްރޮގްރާމެއްގައެވެ. މިއީ 28 ނޮވެމްބަރު 2025 އިން ފެށިގެން 31 ޖެނުއަރީ 2026 ގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ އައިކެއާ އައުޓްލެޓްތަކެއްގައި ކުރިއަށްދިޔަ ކެމްޕޭނުގެ ނިންމުމެވެ. މި ކެމްޕޭނަށް ކަސްޓަމަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބަކާއި އިތުބާރެއް ލިބިފައެވެ.
އައިކެއަރ އިން ބުނީ މިއީ ހަމައެކަނި ޕްރޮމޯޝަނެއްގެ ބަދަލުގައި، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ދެވޭ ހާއްސަ ހަދިޔާއެއްގެ ގޮތުންނާއި، ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި އިނާމުގެ ދަށުން ނަސީބުވެރި ފަރާތަށް ދެ ބޭފުޅުންގެ އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.
އައިކެއާގެ ފަރާތުން މި ފުރުސަތުގައި މުޙައްމަދު ސައުފާންއަށް ހޫނު މަރުހަބާއެއް ދަންނަވައެވެ. އަދި މި ކެމްޕޭނުގައި ބައިވެރިވި ހުރިހާ ކަސްޓަމަރުންނަށް އިހުލާސްތެރި ޝުކުރު އަދާކުރެއެވެ.