English Edition
Dhivehi Edition

ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރާއެކު މުސްތަގުބަލުގައި މަސައްކަތް ނުކުރާނެ ކަމަށް މަޝްހޫރު ބަތަލާ ކެޓްރީނާކައިފް ބުނީ މަޖަލަކަށް ކަމަށް ރަންބީރު ކަޕޫރު ބުނެފިއެވެ. ރަންބީރު މިހެން ބުނެފައިވަނީ ކުރިއަށްއޮތްތާގައި އޭނާއާއެކު އިތުރު ފިލްމެއް ނުކުޅޭނެކަމަށް ކެޓްރީނާ ކެއިފް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނިކޮށްނެވެ. ކެޓްރީނާ ބުނެފައިވަނީ ރަންބީރާ އޭނާއަކީ ކުރީގެ ދެ ލޯބިވެރިން ކަމަށެވެ. އެހެންކަމުން މީހުންގެ ލޯތައް ވަރަށްބޮޑަށް އެ މީހުންނަށް އަމާޒުވާ ކަމަށެވެ. ނަންބީރު ކަޕޫރާއެކު ފިލްމު ނުކުޅެން ބުނި ސަބަބާބެހޭ ގޮތުން ކެޓްރީނާ ބުނެފައިވެއެވެ. ކެޓްރީނާގެ މިވާހަކައާ ގުޅިގެން ރަންބީރު ކަޕޫރު ވާހަކަ ދައްކައިފައިވަނީ އެދެމީހުން މިހާރު ޕްރޮމޯޓް ކުރަމުންދާ ފިލްމް “ޖައްގާ ޖާސޫސް” ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އޭނާއާ މިކަމާބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އޭނާ ބުނެފައިވަނީ ކެޓްރީނާ އެހެން ބުނެފައިވަނީ އެދެމީހުން ދެއްކި ވާހަކައެއްގައި ސަމާސާ ކުރުމުގެ ގޮތުން ކަމަށެވެ. “އަހަރުމެން ދިޔައީ ފޭސްބުކުން ޗެޓް ކުރަމުން. އެހެން ޗެޓް ކުރަމުންގޮސް މަޖަލަކަށް އަހަރެންބުނިން ދެން އިތުރު ފިލްމެއްގައި ކެޓްރީނާއާއެކު މަސައްކަތް ކުރަން ބޭނުން ނުވެޔޭ. އެހެންބުނުމުން ކެޓްރީނާ ސަމާސައަށް އަހަންނާ ދިމާއަށް އެހެން ބުނެލީ.” ރަންބީރު ބުނެފައިވެއެވެ. ކެޓްރީނާ މީޑިއާގައި ދައްކައިގެން އުޅެނީ ފޭސްބުކުން ދެކެވުނު އެވާހަކަ ކަމަށްވެސް ރަންބީރު ބުނެފައިވެއެވެ. ކެޓްރީނާއާ ބެހޭގޮތުން ރަންބީރު ބުނެފައިވަނީ އެދެމީހުން ވަރަށްގުޅޭ ކަމަށެވެ. އޭނާ ކޭޓްރީނާއާއެކު ރާޖްނީތީ ފަދަ ފިލްމުތައް ކުޅެންފެށިއިރު އޭނާއަށްވުރެ ކެޓްރީނާގެ މަގުބޫލުކަމަށްވެސް ރަންބީރު ބުނެފައިވެއެވެ. “އެދުވަސްވަރު ކެޓްރިނާ ވަނީ އަހަރެންގެ ހުނަރު ދައްކާލުމަށް ވަރަށް ބޮޑަށް އަހަންނަށް މަގުފަހި ކޮއްދީފައި،” ރަންބީރު ބުނެފައިވެއެވެ. ޖައްގާ ޖާސޫސް އަކީ އަނޫރާގް ބާސޫ ޑައިރެކްކުރާ ފިލްމެކެވެ. މިއީ ރަންބީރު ކަޕޫރާއި އަނޫރާގާ ދެމީހުން ފްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމް ނެރެން ހަމަ ޖެހިފައިވަނީ ޖުލައި 14 ގައެވެ.